ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީއަށް ފަރުނީޗަރު ގަންނަންބޭނުންވެގެން 04 މާރިޗު 2019 ގައި ކުރެވުނު ނަންބަރު IUL)431-AHP/1/2019/4) އިޢުލާނުގެ ރިކުއޭމަންޓް އަށް ބަދަލުގެނެއުމަށް ހަމަޖެހިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް މިއޮތޯރިޓީ އަށް ބޭނުންވާ ފަރުނީޗަރ ގަތުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 10 ވަނަ ދުވަހުގެ ހެނދުނު 09:15 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖޫން 17 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
25 ރަމަޟާން 1440ހ.