މަސައްކަތް
ނަންބަރު: (IUL)321-A/321/2019/78
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2019
ޕަބްލިޝްކުރި ގަޑި: 22:52
ސުންގަޑި: 09 ޖޫން 2019 11:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓަރމިނަލްއެއް ހެދުމާބެހޭ

                                                              ނަމްބަރު:IUL)321-A/321/2019/78) 

އިޢުލާން

ފެރީޓަރމިނަލްއެއް ހެދުމާބެހޭ

                     

މިރަށު ޞިއްޙީމަރުކަޒާ ދިމާ އުތުރުން ބަނދަރުމަތީ ހަދާފައިހުރި ވަށްބުރު ހަޓް، ފެރީޓަރމިނަލެއްގެ ގޮތުގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު::(IUL)321-A/321/2019/44(23 މާރިޗު 2019) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އެކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.   

 

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

09  ޖޫން  2019 (އާދީއްތަ)

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

20  ޖޫން  2019 (ބުރާސްފަތި)

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފެރީޓަރމިނަލް ހަދައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަން ވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާގަނޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅާން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24  ރަމަޟާން   1440

29 މޭ 2019