ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-MCEP/438/2019/136
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2019
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 13 ޖޫން 2019 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓްގެ ބޭނުމަށް އިންޑަސްޓްރިއަލް ސްޓޯރޭޖް ޓެންޓް (2 ޓެންޓް) ގަތުމަށް

އިޢުލާން ނަންބަރު: IUL)438-MCEP/438/2019/136) 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓްގެ ބޭނުމަށް އިންޑަސްޓްރިއަލް ސްޓޯރޭޖް ޓެންޓް (2 ޓެންޓް) ގަތުމަށް

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ 'މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް'  ބޭނުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ އިންޑަސްޓްރިއަލް ސްޓޯރޭޖް ޓެންޓް (2 ޓެންޓް)  ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އިންޑަސްޓްރިއަލް ސްޓޯރޭޖް ޓެންޓް ގެ ޓެކްނިކަލް ސްޕެސިފިކޭޝަން މި ޢިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު 

    އަގަށް : 50 ޕޮއިންޓް

    މުއްދަތު : 35 ޕޮއިންޓް (އެންމެ ގިނަވެގެން 45 ދުވަސް)

    ތަޖުރިބާ : 15 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 15 ޕޮއިންޓް) 

ވޭތުވެދިޔަ 05 އަހަރުގެ ތެރޭގައި 500,000ރ (ފަސް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ މަތީގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ  ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 03 ޕޮއިންޓް ލިބޭނެއެވެ.

ވޭތުވެދިޔާ 05 އަހަރުގެ ތެރޭގައި 500,000ރ (ފަސް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ ދަށުގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 02 ޕޮއިންޓް ލިބޭނެއެވެ.

 

މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 5000.00 (ފަސްހާސް) ދިވެހި ރުފިޔާގެ ބިޑްސެކިޔުރިޓީއެއް ހުށަހަޅަންވާނެއެވެ. 

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  2019 ޖޫން 13ވަނަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި   މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. 

 

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  2019 ޖޫން 13ވަނަ ދުވަހުގެ 13:00  ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮޖެކްޓް މެނޭޖަރ،

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް،

 ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާޓްމެންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018114، 3018451 

އީމެއިލް : [email protected]

ނޯޓް:

މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018451  ނަންބަރު ފޯނަށެވެ

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަށް ނުފެތޭ ބިޑްތަށް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެވިފައި އޮންންވާނެއެވެ.

 

 

 

 

 

 

 

29 މޭ 2019