ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ލެޕްޓޮޕް، ކޮމްޕިއުޓަރ ސިސްޓަމް އަދި ސްކޭނަރ ހޯދުމާ ގުޅޭ
މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް 10 ލެޕްޓޮޕް، 10 ކޮމްޕިއުޓަރ ސިސްޓަމް އަދި 10 ޑޮކިއުމަންޓް ސްކޭނަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓު http://www.judiciary.gov.mv ގެ ނޯޓިސް ބޯޑުގެ ޢިއުލާނާ މަޢުލޫމާތު ޝީޓުގެ ބައިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3340991 އަދި 3340993 އާ ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 17 ޖޫން 2019 ގެ 10:00
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަމަޟާން 1440