މަސައްކަތް
ނަންބަރު: FSM-ADV-2019/034
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2019
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 10 މޭ 2019 13:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތަށް، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް މިކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ތިރީގައި މިދަންނަވާ އަތޮޅުތަކަށް ހުށަހަޅުއްވާފައިވާ ބީލަންތަކުގެ ތެރެއިން، ބައެއް ބީލަންތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީއާއި އަގުތަށް ބޮޑު ކަމަށް ފާހަގަ ކުރެވޭތީ، މިބީލަންތައް ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.

* ށ އަތޮޅު             * ނ އަތޮޅު             * ރ އަތޮޅު             * ބ އަތޮޅު

* މ އަތޮޅު             * ފ އަތޮޅު             * ދ އަތޮޅޫ

ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނާއި، ގިނަ ފަރާތްތަކަކަށް ފުރުޞަތު ދިނުމުގެ ގޮތުން، މީގެ ކުރިން މިބީލަމާއި ގުޅިގެން ދީފައިވާ މައުލޫމާތުތަކާއި އެކަށައަޅާފައިވާ ޝަރުތުތަކަށް ބަދަލުތަކެއް/ލުއިތަކެއް ގެނެސްފައިވާ ވާހަކަވެސް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ އަތޮޅުތަކަށް ޑީސަލް ސަޕްލައި ކޮށްދެއްވުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން:  10 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެސްޓީއޯ އައިފާނު ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.
  • މަޢުލޫމާތު ސާފުކުރުން: 11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 18 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަންގިފިލާގައެވެ.

މައުލޫމާތުގެ ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 މޭ 2019