ނީލަން
ނަންބަރު: (IUL)LHAH-AH/LHAH/2019/08
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2019
ޕަބްލިޝްކުރި ގަޑި: 16:53
ސުންގަޑި: 10 ޖޫން 2019 13:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އުފުލުދޯނި އަދި އިންޖީން ސިޓީލާ ނީލަމުގައި ވިއްކާލުން

 

އުފުލިދޯނި އަދި އިންޖީން ސިޓީލާ ނީލަމުގައި ވިއްކާލުން

         

މިހޮސްޕިޓަލްގެ ބެލުމުގެ ދަށުގައިވާ އުފުލި ދޯނި އަދި އޭގެ އިންޖީން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 

ދޯނި އަދި އިންޖީންގެ މަޢްލޫމާތު:

ދޯނީގެ ބާވަތް: ލަކުޑި ( ބޭރުން ފައިބަރ ޖަހާފައި )

ދޯނީގެ ދިގުމިން: 15.070 މީޓަރ، ފުޅާމިން: 4.170 މީޓަރ، ފުންމިން 1.610 މީޓަރ

ދޯނީގެ މިހާރުގެ ޙާލަތު: ދޯނީގެ ގެގަނޑު އަދި ލަކުޑި ތައް ފީވެ ހަލާކުވެފައި.

ދޯނީގެ އިންޖީން: މޮޑެލް ނަމްބަރ YANMAR 3TD( ސާރވިސް ކުރަންޖެހިފައި )

 

ނީލަމުގެ އަގުތައް:

ދޯނި ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 20000.00ރ އަށް

އިންޖީން: : YANMAR 3TD ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 20000.00 ރ އަށް

 

              ނީލަމަށް ފަހަރަކު އިތުކުރެވޭނީ 1000.00 ރ ( އެއްހާސް ރުފިޔާ ) އެވެ.

                ވީމާ މިދޯނި އަދި އިންޖީން ނީލަމުގައި ބައްލަވާ ގެންނެވުމަށް އެދި ލައްވާ ފަރާތްތަކުން އަގުބަޔާންކޮށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ.  އަގު ހުށަހަޅުއްވާއިރު  ދޯނި  ނުވަތަ  އިންޖީން  އަށް  ވަކިންވެސް  އަގުހުށަހެޅުއްވި ދާނެއެވެ. މިނީލަމަށް އަގު  ހުށަހެޅުއްވުމުގެ  އެންމެ ފަހުގެ ތާރީޚް އަކީ 10 ޖޫން 2019 ދުވަހުގެ13:00 އެވެ. ނީލަމުގައި ހުށަހެޅޭ އަގުތައް ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލްގެ ކައުންޓަރުގައި ޢާއްމުކޮށް އިޢުލާން ކުރެވޭނެއެވެ.

                އިތުރު މަޢްލޫމާތު ސާފްކުރުމަށް ރަސްމީ ގަޑީގައި 6620151 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

                އުފުލިދޯނީ އަދި އިންޖީން ވިއްކާލުމަށް މިހޮސްޕިޓަލުން ކުރެވުނު ،

މިހޮސްޕިޓަލްގެ ނަމްބަރ (IUL)LHAH-AH/LHAH/2019/06 

 ( 9 މެއި 2019 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގުހުށަޅުއްވާފައި ނުވާތީ އެ އިޢްލާންވަނީ ބާޠިލް ކުރެވިފައެވެ.

 

23 ރަމަޟާން  1440

28   މެއި   2019

28 މޭ 2019