ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
މެކޭނިކް (އިލެކްޓްރީޝަން)
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އޮފިސަރ
|
މުސާރައާއި ޢިނާޔަތްތައް
|
ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ރ.ވަންދޫ
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އިންޓަވިއުގައި މަޤާމުގެ މަސްޢޫލިއްޔަތު އަދާ ކުރެވޭނެކަން ސާބިތިކޮށްދިނުން
- ކަރަންޓުގެ މަސައްކަތް ކުރުމަށް ހުއްދަ ލިބިފައިވުން
- އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ކަރަންޓް ވަޔަރު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މެއިންޓެނަންސް ދާއިރާއިން (ރޭވުމާއި، ކުރިއެރުވުން އަދި ބަޖެޓިންގ) އަމަލީ ތަޖުރިބާ ލިބިފައިވުން.
- މެއިންޓަނަންސްގެ މަސައްކަތްތައް ޕްލޭންކުރުމާއި މޮނީޓަރކުރުމާއި އަދި ސުޕަވައިޒްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- މުވައްޒަފުން ތަމްރީނުކުރުމާއި މަސައްކަތަށް އަހުލުވެރިކުރުވުމުގެ ޤާބިލުކަން ހުރުން.
- ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ރިޕޯރޓް ތައްޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން،
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން،
- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯރޕަރޭޝަންގެ ކަރަންޓު ވަޔަރިންގ އާއި ގުޅުންހުރި ޕްލޭންތައް ކުރުމާއި ޕްލޭން އާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން.
- މަސައްކަތަށް ބޭނުންވާ ކަރަންޓާއި ގުޅުންހުރި ވަޞީލަތްތައް ބެހެއްޓުމާއި ހަރުކުރުން.
- ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ވަޞީލަތްތައް ހަރުކުރުން.
- ކަރަންޓް ސާރކެޓްތަކާއި ނެޓްވޯރކް ވަޔަރިންގ ކަނޑައެޅިފައިވާ މިންގަނޑާއި އެއްގޮތަށް ކުރުން.
- ކޭބަލްތައް އެޅުމާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރުން.
- ކަރަންޓު ސިސްޓަމްތައް ޤަވާއިދުން އިންސްޕެކްޓް ކުރުމާއި ރަނގަޅުކުރަން ޖެހޭ ހުރިހާ ކަމެއް ރަނގަޅުކުރުން.
- ކަރަންޓުގެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި ބަލަންޖެހޭ ހުރިހާ ކަމެއް ރަނގަޅަށް ބެލުން.
- ކަރަންޓު އާލާތްތަކާއި ވަޞީލަތްތައް ބަދަލުކުރުމާއި މަރާމާތުކުރުން.
- ކަރަންޓު އާލާތްތަކާއި ވަޞީލަތްތައް އިންސްޓޯލްކޮށް ބެލެހެއްޓުމާއި މަރާމާތްކުރުމަށް ދަށުން މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުމާއި އިރުޝާދު ދިނުން
- ނެޝަނަލް އިލެކްޓްރިކް ކޯޑާއި އެއްގޮތަށް މިކޯރޕަރޭޝަންގެ އިމާރާތްތަކުގެ ކަރަންޓުގެ ކަންކަން ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
- އިންޓަރވިއު
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސް ރިޕޯޓު (ދޫކުރިފަހުން ފަހުން 03 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
02 ޖޫން 2019 ވަނަދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ނުވަތަ ރ.ވަންދޫ ރީޖަނަލް އޮފީހަށް ހުށަހެޅުއްވުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 09 ޖޫން 2019 އިން 13 ޖޫން 2019 އަށް ކުރިއަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.
|
23 ރަމަޟާން 1440
28 މެއި 2019
|