ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)94-Q/1/2019/ 22
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 02 ޖޫން 2019 13:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މިއޮފީހުގެ ބޭނުމަށް 25 ޕްރިންޓަރ އަދި 5 ސްކޭނަރ ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)94-Q/1/2019/19 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމަށް ޙާޒިރުވެފައިވަނީ ދެފަރާތުން ކަމުގައިވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުމާއި ގުޅޭ

މިއޮފީހުގެ ބޭނުމަށް 25 ޕްރިންޓަރ އަދި 5 ސްކޭނަރ ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ:  (IUL)94-Q/1/2019/19  އިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމަށް ޙާޒިރުވެފައިވަނީ ދެފަރާތުން ކަމުގައިވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ފަރާތްތަކުން 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 02 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

28 މޭ 2019