ކުއްޔަށް ދިނުން
ނަންބަރު: (IUL)270/270/2019/8
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2019
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި:
11 ޖޫން 2019 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ މަކުނުދޫ ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމާއިގުޅޭ:
ހދ މަކުނުދޫ ބަންޑާރަ ރުއްތައް ކުއްޔަށް ދޫކުރުމާއިގުޅޭ:
ތިރީގައި މި ބަޔާންކުރާ ރުއްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކުރެވުނު އިޢުލާނާއި ( (IUL)270/270/2019/6 ) ގުޅިގެން އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
- · ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
- މަކުނުދޫ ޖެޓީ ސަރަޙައްދުގައިވާ ރުއްތައް. (ފޯދިފައިވާ 50 ރުއް)
- މަކުނުދޫ ރަމްޒީ ދަނޑު (ޒުވާނުން ޖަމްޢިއްޔާ މަރުކަޒު ކުރިމަތި) ރުއްތައް. (ފޯދިފައިވާ 31 ރުއް)
- މަކުނުދޫ ރައްޔިތުންގެ ރުއްގަނޑޭ ކިޔޭ ރުއްތައް. އަދި އެކިއެކި ސަރަޙައްދުގައި ހުރި ރުއްތައް. (ފޯދިފައިވާ 86 ރުއް)
- · ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:
މީލާދީ 4 ( ހަތަރު ) އަހަރު
- · ސުންގަޑި:
- މައުލޫމާތު ސާފުކުރުން އޮންނާނީ 11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލްގެ އިދާރާގައި
- ބީލަން ހުށަހެޅުން އޮންނާނީ 18 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލްގެ އިދާރާގައި
- · އިވެލުއޭޓް ކުރުމަށް ޕޮއިންޓް ދެވޭނެ ބައިތައް:
- ހުށަހަޅާފައިވާ އަގު 100%
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ޝުކުރިއްޔާ
23 ރަމަޟާން 1440
28 މެއި 2019
28 މޭ 2019