ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާގެ އޮނިގަނޑުތައް ތައްޔާރުކޮށްދޭނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ
މަސައްކަތުގެ ތަފްޞީލް:
ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ ފަންނީ އަދި ޕްރޮފެޝަނަލް އޮނިގަނޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މަސައްކަތުގެ އަގު: މަހަކަށް 25,000 (ފަންސަވީސް ހާސް ރުފިޔާ)
މި މަސައްކަތް ކުރުމަށް ޝައުގިވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކާއި، މަސައްކަތުގެ ތަފްޞީލާއި މަސައްކަތަށް ކަނޑައެޅިފައިވާ އަގު އަދާކުރާނެގޮތްތައް އަދި މަސައްކަތުގެ މުއްދަތު ހިމެނޭގޮތުން ތައްޔާރުކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއެލު އެޓޭޗްކޮށްފައި ވާނެއެވެ. އަދި މި ޓަރމްސް އޮފް ރެފަރެންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ވުމާއެކު، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ސިޓީއާއި، ސީވީއާއި، އައިޑީ ކާޑު ކޮޕީއާއި، ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް، 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
ފޯނު: 3307358/3307307
އީމެއިލް: [email protected]
ވެބްސައިޓް: www.csc.gov.mv
22 ރަމަޟާން 1440
27 މޭ 2019