މަސައްކަތް
ނަންބަރު: (IUL)425-A2/1/2019/36
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 30 މޭ 2019 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ މަގުތަކުގައި ކުރަމުންދާ މަސައްކަތްތަކުގައި ބޭނުން ކުރާ ބޯޑް ހެދުމަށް.

               މާލޭގެ މަގުތައް ބޭނުންކޮށްގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މަގުބަންދު ކުރަންޖެހޭ ހާލަތް ތަކުގަޔާއި އެނޫން ވަގުތުތަކުގައި މަގުތައް ބޭނުން ކޮށްގެން މަސައްކަތް ކުރާކަން އަންގައި ދިނުމަށް ބަހައްޓަންޖެހޭ ބޯޑުތައް (މަސައްކަތު ބޯޑް، ނުރައްކާ ބޯޑް، ބަންދު ބޯޑް)އަމިއްލަ ތަކެތީގައި ހަދާދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެޢާންމު ޙިދުމަތްތަކާ ބެހޭ ސެކްޝަން (ބޮޑު ތަކުރުފާނު މަގު، ޕޮލިސް ޓޯޔާޑް ކާރި) ގެ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

30 މެއި 2019

11:00

މާލޭ ސިޓީ ކައުންސިލްގެއިދާރާ/ޢާންމު ޙިދުމަތްތަކާބެހޭ ސެކްޝަން

އަގު ހުށަހެޅުން

10  ޖޫން 2019

13:00

މާލޭ ސިޓީ ކައުންސިލްގެއިދާރާ/ ޢާންމު ޙިދުމަތްތަކާބެހޭ ސެކްޝަން

               މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

                     22 ރަމަޟާން 1440

27 މޭ 2019