ދިވެހިރާއްޖެ
`
ނަމްބަރ: IUL-248-CAFA/248/2019/51
އިޢުލާން
މިސްކިތްތަކުގެ އޭސީތައް ސަރވިސް ކުރުން
މިރަށު މިސްކިތްތަކުގެ އޭސީތައް ސަރވިސް ކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް މިސްކިތްތަކުގެ އޭސީތައް ސަރވިސްކޮށް ބެލެހެއްޓުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.