މަސައްކަތް
ނަންބަރު: (IUL)383/383/2019/32
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 02 ޖޫން 2019 11:30
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުރޯދި ދޯނި މަރާމާތުކުރުން

ވިލުރޯދި ދޯނީގައި ކުރަންހުރި ފައިބަރާއި ލަކުޑީގެ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން، 2019 ޖޫން 02 ވާ އާދީއްތަ ދުވަހުގެ 11:30ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ.  އަދި ބީލަން ހުށަހެޅުން އޮންނާނީ 2019 ޖޫން 09 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުންނަމަ ކުންފުނި / އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ބީލަމާގުޅޭ އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ 9742454 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

                                    މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

27 މޭ 2019