ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2019/20
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 02 ޖޫން 2019 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ /ގދ.ތިނަދޫ އައިސްޕްލާންޓް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ތިނަދޫ އައިސްޕްލާންޓް / މިފްކޯ

އަސާސީ މުސާރަ:

9،000 ރުފިޔާ އާއި 10،500.00 ރުފިޔާ އާއި ދެމެދު~

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ފްޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ހާސިލްކޮށްފައިވުން. ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތުތައް

-  ގއ. އަދި ގދ. އަތޮޅުގައި ޤާއިމްކުރެވިފައިވާ މިކުންފުނީގެ އައިސްޕްލާންޓްތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ލިޔެކިޔުން ބެލެހެއްޓުމާއި އަދި އައިސްޕްލާންޓްއަށް ލިބޭ ފައިސާ ބެލެހެއްޓުން.

-  ކުންފުނީގެ ޕޮލިސީތައް ތަންފީޛް ކުރުމަށް އެހީތެރިވެދިނުން.

-  އައިސްޕްލާންްްޓް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ބެލެހެއްޓުން.

- އައިސްޕްލާންޓްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.

-  އައިސްޕްލާންޓްގެ މަރާމާތުކަންތައް ޤަވަޢިދުން ކުރުވުން އަދި އައިސްޕްލާންޓްތައް ޝަޓްޑައުން ނުވެ ރަނިންގ ކޮންޑިޝަންގައި ބެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- މަސްވެރިކަމާއި ގުޅުންހުރި ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާ އަދާކުރާތަން ނިސްބަތްވާ އަތޮޅުގެ ރައްޔިތުންނާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ބ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ޅ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.

ކ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

އ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                            

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-  އިންޓަރވިއު -------------%20

-  ޕްރެޒެންޓޭޝަން------------%30

-  ތަޢުލީމީ ފެންވަރު----------%20

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-   ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

-   އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

-   ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  02 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.  

 

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

 

26 މެއި 2019 

27 މޭ 2019