ދިވެހިރާއްޖެ
މަޖީދިއްޔާ ސްކޫލް |
|
މާލެ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ:MS/IUL/2019/10
ޢިއުލާނުގެ ވަނަ: 02 ވަނަ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލަށް ބޭނުންވާ ގޮނޑި، މޭޒު ، ކަބަޑު ފަދަ ތަކެތި ގަންނަންބޭނުންވެގެން 23 މެއި 2019 ވީ ބުރާސްފަތި ދުވަހު ކުރެވުނު ޢިއުލާން MS/IUL/2019/09 އާއި ގުޅިގެން ،އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާތީ އެ ޢިއުލާން ބާތިލް ކުރުމަށްފަހު، އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިދެންނެވިތަކެތި މިއިދާރާއަށް ހޯދައިދެވޭނެ ފަރާތްތަކުން 26 މެއި 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 30 މެއި 2019 ވާ ބުރާސަފަތި ދުވަހުގެ ނިޔަލަށް ، ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް އަދި މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ. މި ޢިއުލާނާއި ގުޅިގެން ބިޑު ބަލއިގަތުން އޮންނާނީ 02 ޖޫން 2019 ވާ އާދީއްތަ ދުވަހު 10:00 ގައެވެ. މިކަމަށް ކުރިމަތިލެވޭނީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. އަދި އަގުހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 3314303 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މަޖީދިއްޔާ ސްކޫލް
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 9884545, 7793747
އީ-މެއިލް:[email protected]
ކޮޕީ އީ-މެއިލް: [email protected]
23 މެއި 2019