ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2019/44
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 09 ޖޫން 2019 12:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ސްޓޭޓް ކައުންސެލް

ނަންބަރު: IUL32-A4-HR/1/2019/44

 

އިޢުލާން

 

މަޤާމް

ސީނިއަރ ސްޓޭޓް ކައުންސެލް

މަޤާމުގެ ނަންބަރު

J269280

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 16

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޑިރެކްޓަރސް

ސެކްޝަން:

ސިވިލް ލިޓިގޭޝަން އެންޑް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން

މަޤާމު އޮތް އޮފީސް:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

މުސާރަ:

19,950 (ނަވާރަހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާ

ސަރވިސް އެލަވަންސް:

6,750 (ހަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ 35%
  2. އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން އަހަރަކު އެއްފަހަރު ހެދުން އެލަވަންސްގެ ގޮތުގައި 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލުތަކުގައި ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތައް ބަލައި، ދިރާސާކުރުން.
  • ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢްވާކުރާ މަދަނީ މައްސަލަތަކުގައި، ދަޢުވާ ރައްދުވާ އިދާރާއަކުން އިތުރަށް ބޭނުންވާ ހެއްކާ ޤަރީނާއި މަޢުލޫމާތު ހޯދައި، ކަމާގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުން ބޭއްވުން.
  • ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކާ ގުޅިގެން ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ޖަވާބު ފޯމު ތައްޔާރުކޮށް ޝަރީޢަތަށް ހުށަހެޅުން.
  • ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކުގައި ކޯޓުން ނުވަތަ ޓްރައިބިއުނަލުން އަންގަވާ ތާރީޚަކާއި ވަގުތަކަށް ޝަރީޢަތުގެ ނުވަތަ މައްސަލަބަލާ މަޖިލީސްތަކަށް ޙާޟިރުވެ، ދައުލަތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ވަކާލާތުކުރުން.
  • ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކާ ގުޅިގެން ދައުލަތުން ހުށަހަޅަންޖެހޭ ބަޔާންތައް ތައްޔާރުކޮށް ޝަރީޢަތަށް ހުށަހެޅުން.
  • ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާއި ޝަރުޢީ ކޯޓުތަކުގެ ޙުކުމްތަކުން ޤަރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ބައިނަލްއަޤްވާމީ ޤާނޫނުގެ ނައްސުތައް ބަލައި، ދިރާސާކުރުން.
  • ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ އާބިޓްރޭޝަން، ޑިސްޕިއުޓް ރިޒޮލިއުޝަން އަދި މީޑިއޭޝަން މައްސަލަތަކުގައި ސަރުކާރު ތަމްސީލްކުރުމާއި، މައްސަލަތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންހައި މަސައްކަތެއް ކުރުން.
  • ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބަށް މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެހީތެރިވެދިނުން.
  • ލީގަލް އެފެއާޒް ޑިވިޜަން، ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަން އަދި ހިއުމަން ރައިޓްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ޑިވިޜަންގެ މަސައްކަތްތައް ކުރުމާއި އެ ޑިވިޜަންތަކަށް އެހީތެރިވެދިނުން.
  • ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދުވަހު ޔައުމިއްޔާ ތައްޔާރުކުރުމާއި އަހަރު ރިޕޯޓްތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.
  • ސެކްޝަންގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އަހަރީ އެކްޝަން ޕްލޭން ރާވާ ތައްޔާރުކުރުމާއި އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރުން.
  • ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ޖަލްސާތަކާއި ބައްދަލުވުމަކާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އެޓަރނީންގެ ބްރީފިންގއަށް ތައްޔާރުވެ ގަވާއިދުން ޙާޟިރުވުމާއި، ބްރީފިންގގައި ބައިވެރިވުން.
  • އިސްތިއުނާފްކުރަންޖެހޭ މައްސަލަތައް ސުޕަވައިޒަރުންގެ ސަމާލުކަމަށް ގެނެސް، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، އިސްތިއުނާފްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.
  • އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވާންޖެހޭ ޖަލްސާތަކާއި ބައްދަލުވުންތަކުގައާއި އޮފީހުން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ޖަލްސާތަކާއި ބައްދަލުވުމަކާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖެގޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  2. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޤާނޫނީ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން މި ތަޖުރިބާގެ ތެރޭގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން، އަދި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އިން މަތިން މާކްސް ހޯދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) (މި އޮފީހުގެ ވެބްސައިޓުގައިވާ ނަމޫނާއާ އެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،  ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،  ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

-          ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.agoffice.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3314109 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި މިކަންކަމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314109 އެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

               

                          22 ރަމަޟާން 1440    

                            

27 މޭ 2019