ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީއަށް 01 ކޮމްޕިޔުޓަރ ސިސްޓަމް (ވޯރކް ސްޓޭޝަން) ގަތުމަށް ކުރެވުނު ނަންބަރު (IUL)431-AHP/1/2019/6 (16 މޭ 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޥަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް މިއޮތޯރިޓީއަށް 01 ކޮމްޕިޔުޓަރ ސިސްޓަމް (ވޯރކް ސްޓޭޝަން) ގަތުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މޭ 30 ވަނަ ދުވަހުގެ ހެނދުނު 09:15 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖޫން 09 ވަނަ ދުވަހުގެ ހެނދުނު 09:15 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
22 ރަމަޟާން 1440ހ.