ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)296-A/296/2019/29
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2019
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 09 ޖޫން 2019 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރގެ މަޤާމް

މަޤާމް:        އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމް ނަންބަރ:  J-308999

ބޭނުންވާ އަދަދު: 01

މަޤާމްގެ ގިންތި:  ވަގުތީ

މަޤާމްގެ މުއްދަތު: 26 މެއި 2021 ގެ ނިޔަލަށް (މިއީ ކޮންޓްރެކްޓު އުޞޫލުން ނަގަ ވަގުތީ ވަޒީފާއެކެވެ.)

މަޤާމްގެ ރޭންކް: ޖީ އެސް 3

މަޤާމްގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

ޔުނިޓް:            އިކޮނޮމިކް ، ޝޯސަލް އެންޑް މުނިސިޕަލް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

މުސާރަ:-/4465ރުފިޔާ (ހަތަރު ހާސް ހަތަރުސަތޭކަފަންސަހައްޓިރުފިޔާ)

ސާރވިސް އެލަވަންސް: -/1500ރުފިޔާ (އެއްހާސްފަސްސަތޭކަރުފިޔާ)

 

 

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލްއިން ހިންގާ މަޝްރޫޢުތައް އިވެލުއޭޓްކޮށް ނިމުމުން މަޝްރޫޢުތަކުގެ އެގްރިމެންޓް  ތައްޔާރު ކުރުން.
  2. ތަރައްޤީގެ ޕްލޭންއަށް އަހަރީ ތާވަލް ތައްޔާރުކޮށް ކައުންސިލަރުންނަށް ފޮނުވުން
  3. ތަރައްޤީ ޕްލޭންގައި ވާ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުން.
  4. އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އަހަރީ ތާވަލް ތައްޔާރު ކުރުމުގައި އެހީތެރިވުން.
  5. ތަރައްޤީ ޕްލޭންއިން ޙާސިލް ވަމުން ދާ މިންވަރު ކޮންމެ 02 މަހަކުން ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރުން
  6. ލޭންޑް ޔޫސް ޕްލޭން އާއި އެއްގޮތް ވާގޮތުގެ މަތީން ބިމުގެ ބަޖެޓް ތައްޔާރު ކުރުމާއި ބިމާ ބެހޭ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރުން.
  7. " ސާފު ފޮއްދޫ އަހަރެންގެ ރަށް " ޝިއާރުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި ހަރަކަތްތެރިވުން.
  8. ރަށު ތަރައްޤީޕްލޭން ޙާސިލް ވަމުން ދާ މިންވަރުގެ ރިޕޯޓް ތައްޔާރު ކުރުން.
  9. އެކި މަޝްރޫޢުތަކު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން.

10. ކޮންމެ އަހަރެއް ނިމުމުން އަހަރީ ތާވަލާއި ތަރައްޤީ ޕްލޭންގައި ކަނޑައެޅިފައިވާ މަޝްރޫޢުތަކުން ޙާސިލްވި މިންވަރު ދެނެގަނެ އަހަރީ ރިޕޯޓްގައި ހިމެނުން.

 

މަޤާމްގެ ޝަރުޠު

  1. ޘާނަވީ އިމްތިޙާނަކުން 02މާއްދައިން ދަށްވެގެން " ޑީ " ލިބިފައި ވުމާއި އެކު ، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައި ވުން

 

ހުށައަޅަން ޖެހޭ ލިޔެކިޔުންތައް:

  1. ސިވިލްސާރވިސް ވަޒީފާއަށް އެދި ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިއިދާރާއިންނާއި ސިވިލް ސާރވިސްގެ ވެބްސައިޓުންwww.csc.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރ އާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނައަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ ، އަދާކުރާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތް ކަމަށް ، ވަޒީފާ އަދާކުރާ އޮފީހުގެލިޔުމެއް.
  5. ލިބިފައިވާ ހުރިހަ ތަޢުލީމީ ސެޓްފިކެޓް ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ  ތައުލީމީ ސެޓުފިކެޓްތަކާއި  ޓްރާންސްކްރިޕްޓް ކޮޕީ  ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއި އެކު  ކޯހުން ލިބޭ ސަޓިފިކެޓް ވަކި ފެންވަރެއް ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދުކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީދާ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން  ސަޓިފިކެޓް ކޮޕީ.
  2. ސިވިލް ސާރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިވާނަމަ ، އެސެޓިފިކެޓް ކޮޕީ
  3.    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި،މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

     (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި      މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  •      ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40)
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ ()
  •  ލިބިފައިވާ ހުނަރު        (45%)
  • އިމްތިހާން                 (%5)

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2019ޖޫން 09 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 1.00ގެ ކުރީން މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] ފެކްސް 6560017) އަދި ސުންގަޑި ހަމަވުމުގެ ކުރީން ސަރުކާރު އަލަށް ބަންދު ދުވަހެއް އަނޑައަޅުއްވައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ އަދަދަށް ވަޒީފާއަށް އެދެ ފޯމް ބަލައި ގަނެވޭނެއެވެ.

އިންޓަރވިއު އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި އޮންނާނީ 2019 ޖޫން 11 އާ 2019 ޖޫން 17އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

  މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ  އަދަދު 10 އަށްވުރެ ގިނަނަމަ ، ތައުލީމީ ފެންވަރާ ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތި ލާފާރަތްތަކުގެތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރަ އާއި އިނާޔަތްތައް:

މިއިޢުލާން ގުޅިގެން މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ފޮއްދޫ ކައުންސިލް އިދާރާގެ ފޯން 6560016 އާއިއެވެ. ފެކްސް: 6560017 އެވެ. އީމެއިލް ކުރައްވާނީ [email protected]އަށެވެ.

   މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 މޭ 2019