މުބާރާތް
ނަންބަރު: BAM/IUL/2019/26
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2019
ޕަބްލިޝްކުރި ގަޑި: 23:30
ސުންގަޑި: 10 މޭ 2019 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

 

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް މިއަހަރު ބޭއްވުމަށް ތާވަލުކުރެވިފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން ކަނޑަ އަޅާފައިވާ ސިޔާސަތާ އެއްގޮތަށް 6 ޒޯނަށް ބަހާލައިގެން ޒޯންތައް ވަކިން ކަމުގައި ދަންނަވަމެވެ.

  1. ޒޯން 1 ނޯތް ޒޯން (ހއ، ހދ، ށ)
  2. ޒޯން 2 ނޯތް ސެންޓްރަލް ޒޯން (ނ، ރ، ބ، ޅ)
  3. ޒޯން 3 ގްރޭޓަރ މާލެ ޒޯން (މާލެ، ވިލިމާލެ، ހުޅުމާލެ)
  4. ޒޯން 4 ސެންޓްރަލް ޒޯން (ކ، އއ، އދ، ވ، މ، ފ)
  5. ޒޯން 5 ސައުތް ސެންޓްރަލް ޒޯން (ދ، ތ، ލ)
  6. ޒޯން 6 ސައުތް ޒޯން (ގއ، ގދ، ޏ، ސ)

 

ވީމާ މިއަހަރުގެ އިންޓަރސްކޫލް މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިރީގައިމިވާ ތާރީހްތަކުގައި ތަރުތީބު ކުރެވިފައިވާ އުޞޫލުންކަން ދަންނަވަމެވެ.

  1. ޒޯން 1 ނޯތް ޒޯން / ޒޯން 2 ނޯތް ސެންޓްރަލް ޒޯން (13-16 ޖޫން 2019 – ނ.ހޮޅުދޫ)
  2. ޒޯން 3 ގްރޭޓަރ މާލެ ޒޯން / ޒޯން 4 ސެންޓްރަލް ޒޯން  (21-30 ޖޫން 2019 – މާލެ)
  3.  ޒޯން 5 ސައުތް ސެންޓްރަލް ޒޯން / ޒޯން 6 ސައުތް ޒޯން (އައްޑޫ ސިޓީ-ތާރީޚް ފަހުން އިޢުލާން ކުރެވޭނެ)

 

މިމުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވާން ބޭނުންވާ އެންމެހައި ސްކޫލް/ މަދަރުސާތަކުންނާއި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ އެންމެހައި ސްކޫލް/ މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުުމަށްފަހު ސްކޫލް މެދުވެރިކޮށް މިއެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ. އަދި މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޒޯންތައް ވަކިން ޑައުންލޯޑް ކުރަން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން  މެންދުރުފަހު 14:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

 

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19  އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

 

މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ ފަހުތާރީޚް

  • ޒޯން 1 ނޯތް ޒޯން / ޒޯން 2 ނޯތް ސެންޓްރަލް ޒޯން (13-16 ޖޫން 2019 – ނ.ހޮޅުދޫ) 02 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.
  • ޒޯން 3 ގްރޭޓަރ މާލެ ޒޯން / ޒޯން 4 ސެންޓްރަލް ޒޯން  (21-30 ޖޫން 2019 – މާލެ) 10 ޖޫން 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.

26 މެއި 2019

26 މޭ 2019