ދިވެހިރާއްޖެ
ނަންބަރު: (IUL)202-A/1/2019/45
އިޢުލާން
މި އޮތޯރިޓީ އިން ކޮށްފައިވަ އިއުލާން ނަންބަރު (IUL)202-A/1/2019/42 (23 މޭއި 2019) ބާތިލްކޮށް އަލުން ތިރީގައިވާ މަޤާމަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
01. މަގާމް |
އެސިސްޓެންޓް ސާރވެޔަރ |
މަޤާމް ނަމްބަރު |
J-247736 |
ބޭނުންވާ އަދަދު |
1 |
މަޤާމް ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީއެސް 3 |
މަގާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
މެރިޓައިމް ޓްރާންސްޕޯޓް ޑިޕާރޓްމަންޓް ، މެރިޓައިމް ސޭފްޓީ ސެކްޝަން ، މެރިޓައިމް ސޭފްޓީ ޔުނިޓް |
މުސާރައާއި އިނާޔަތްތައް |
|
މުސާރަ |
-/4,465 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1,500 ރުފިޔާ |
ސަޕޯޓިވްކޯ އެލަވަންސް |
-/700 ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް |
މުސާރައިގެ 35% |
އިތުރު އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ސަރވޭކުރުމަށްޓަކައި (މާލެއާއި / ހުޅުލެއާއި ހުޅުމާލެ އަދި މާލެ ސަރަޙައްދުގައި ހިމެނޭ އުޅަނދުފަހަރުތައް) ކަނޑައެޅިފައިވާ ވަގުތަށް ޤަވާއިދާއި އެއްގޮތަށް ސާރވޭ ކުރުން. 2- ފެރީގެ ގޮތުގައި ރަޖިސްޓްރީ ކުރާ އުޅަނދުފަހަރުތައް (މާލެއާއި/ ހުޅުލެއާއި ހުޅުމާލޭ އަދި މާލެސަރަހައްދުގައި ހިމެނޭ އުޅަނދުފަހަރުތައް) ސަރވޭކޮށް ކަނޑައެޅިފައިވާ ވަގުތަށް ޤަވާއިދާއި އެއްގޮތަށް ސެޓިފައިކުރުމަށްޓަކައި ކުރުން. 3- ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެތެރޭގައި ޕެޓްރޯލްތާނގީތަށް ހަރުކޮށްފައި ހުންނަ އުޅަނދުފަހަރުގެ ތާނގީތައް ހުރީ އޮތޯރިޓީން ކަނޑައަޅާފައިވާ ސްޓޭންޑެޑްތަކަށްތޯބަލައި ކަނޑައެޅިފައިވާ ވަގުތަށް ސަރވޭކުރުން 4- ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކުރާ ސަރވެޔަރުންނަށް ތަމްރީނުދިނުމަށްޓަކައި ވެރިންގެ މަޝްވަރާގެ މަތިން ތަމްރީންދިނުމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި އެހީތެރިވުން. 5- ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަރވޭކުރާ ސަރވެޔަރުން ތަމްރީން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ވެރިންގެ މަޝްވަރާގެ މަތިން ތަމްރީންދިނުމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި އެހީތެރިވުން. 6- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސްއަށް އެދޭފަރާތްތަކަށް ދުއްވުމުގެ އިމްތިހާނު ދިނުމަށްޓަކައި ވެރިންގެ މަޝްވަރާގެ މަތިން ކަނޑައެޅިފައިވާ ވަގުތުތަކުގައި އެ އިމްތިހާން ދިނުން. 7- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ސަރވޭކުރުމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ޤަވާއިދާއި އެއްގޮތަށް ދުވަހުން ދުވަހަށް ފައިލްކުރުން. |
މަޤާމުގެ ޝަރުތުތައް |
|
އަސާސީ ޝަރތު |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. |
އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) |
|
އިންޓަރވިއު ކުރުން:
ޝޯޓްލިސްޓް ކުރުން:
|
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01 ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 12 ޖޫން 2019 އިން ފެށިގެން 02 ޖުލައި 2019 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ09 ޖޫން 2019 ގެ 13:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.
21 ރަމަޝާން 1440
26 މޭއި 2019