ދިވެހިރާއްޖެ
އިޢުލާން
ހދ.ނާވައިދޫ ސިއްހީ މަރުކަޒުގެ ޕޯރޓިކޯ ހެދުމާއި، އެތަނުގައި ކުރަންހުރި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2019/122) (އޭޕްރިލް 28 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 މޭ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ހދ.އެޓޯލް ހެލްތު ސަރވިސަސް އަށް ނުވަތަ ހދ.ނާވައިދޫ ސިއްހީމަރުކަޒަށް ހެނދުނު 09:30 އިން 12:45 އާއި ދޭތެރޭ ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 03 ޖޫންް 2019 ވާ ހޯމަ ދުވަހު މެންދުރު 12:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ހދ.އެޓޯލް ހެލްތު ސަރވިސަސް އަދި ހދ.ނާވައިދޫ ސިއްހީ މަރުކަޒުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖޫން 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ހދ.އެޓޯލް ހެލްތު ސަރވިސަސް އަދި ހދ.ނާވައިދޫ ސިއްހީ މަރުކަޒުގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ޖޫން 2019 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
21 ރަމަޟާން 1440