ދިވެހިރާއްޖެ
އިޢުލާން
ދ.ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަމްބަރ: (IUL)23-AP/23/2019/99 ) (އޭޕްރިލް 22 2019) އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 މޭ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ހެނދުނު 09:30 އިން 12:45 އާއި ދޭތެރޭ ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމަށްފަހު ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 03 ޖޫން 2019 ވާ ހޯމަަ ދުވަހު ހެނދުނު 11:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީގައި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ޖޫން 2019 ވާ ހޯމަަ ދުވަހު ހެނދުނު 11:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
21 ރަމަޟާން 1440