ދިވެހިރާއްޖެ
ހާފިޒު އަހުމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ
ނަންބަރ:IUL)GS-74/GS-74/2019/11)
އިޢުލާން
ހޯލުގެ ބޮޑުދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ ހޯލުގެ 8 ބޮޑު ދޮރުފަތް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރ IUL)GS-74/GS-74/2019/9) އިއުލާނާއި ގުޅިގެން ހުށަހެޅުނު އެސްޓިމޭޓްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަ ވެފައިވަނީ ދެފަރާތުން ކަމަށްވާތީ، އެ އެސްޓިމޭޓްތައް ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ސެޝަންތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.
ނަން ނޯޓްކުރުން |
2019 މެއި 27 އިން 2019 ޖޫން 02 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް ސްކޫލް އޮފީހުގައި |
މައުލޫމާތު ސާފު ކުރުން |
09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި |
އެސްޓިމޭޓް ހުށަހެޅުން |
12 ޖޫން 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި |
ކަނޑައެޅަފައިވާ ދުވަސްތަކުގައި ނަން ނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
26 މެއި 2019