ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-S01/468/2019/74
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި:
09 ޖޫން 2019 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން
މިކައުންސިލްގެ ނަންބަރު IUL)468-S01/468/2019/74) މެއި 9، 2019 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ ފުވައްމުލަކު ދޫނޑިގަން އަވަށު ވެލީ ގޯތީގެ ދެކުނުން 01 އިން 22 އަށް ނަންބަރު ޖަހާފައިވާ 22 (ބާވީސް) ދިވެހި ރުއް އަދި 03 (ތިނެއް) ފަތްކެޔޮގަހުގެ ވެރިފަރާތް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މަތީގައިވާ ދެންނެވިފައިވާ ރުއްތަކާއި ފަތްކެޔޮގަސްތަކާއިމެދު ޝަކުވާކުރާ ފަރާތެއް ވާނަމަ 09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމަކާއެކު ރުއްތަކުގެ ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
26 މޭ 2019