ވަޒީފާގެ ފުރުޞަތު
ނަންބަރު: GS209/IUL/2019/13
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 09 ޖޫން 2019 12:00
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

              

ފިޔޯރީ ސްކޫލް

   ގދ.ފިޔޯރީ، ދިވެހިރާއްޖެ

            

ނަންބަރު:GS209/IUL/2019/13 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރ:

J 117902

ބޭނުންވާ އަދަދު:

01

ރޭންކް:

ޖީ. އެސް 3

ކްލެސިފިކޭޝަން :

އޮފިސަރ ގްރޭޑް 1

ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފިޔޯރީ ސްކޫލް

މުސާރަ :

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

ކޯ އެލަވްންސް:

700.00 ރުފިޔާ

އެހެނިހެން އިނާޔަތް:

ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތިން، ސިވިލްސަރވިސްގެ މުވައްޒަފުންނަށް  ދެވޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ އިނާޔަތް) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ލިބޭނެއެވެ. އަދި ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މުޢައްސަސާގެ ހުރިހާ މުވައްޒަފުން ހާޟިރުވުން ބެލޭނެ ނިޒާމް ފުރިހަމަކަން ކަށަވަރުކޮށް، އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންތައްތައް ކަމާއިގުޅުންހުރި ފަރާތްތަކުގެ އެހީތެރިކައިއެކު ފުރިހަމަކުރުން.

2- ކޮންމެ މަހަކުވެސްމުސާރަޝީޓު ހެދުމަށްޓަކައި މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓާއި، ގަޑިލާރީގެ ރިޕޯޓް ހެދުން

3- ކޮންޓްރެކްޓަށް ނަގާމުވާއްޒަފުންނާއި، ރިސޯސްކޮށް ނަގާ މުވައްޒަފުންގެ އެއްބަސްވުންތައް ތައްޔާރުކޮށް އެފަދަ މުވައްޒަފުންގެ ރެކޯޑް ބެލެހެއްޓުން.

4- ކޮންމެ ދުވަހަކު ގަޑިޖެހޭ މުވައްޒަފުންނާއި، އޮފީހަށް ހާޟިރުނުވާ މުވައްޒަފުންގެ ރެކޯޑް ހެނދުނު 7:00ގައި އ. އެޑްމިނިސްޓްރޭޓަރ އަދި ލިޑިންގ ޓީޗަރުންނާއި ހިއްސާކުރުން.

5- ދުވަހުން ދުވަހަށް މުވައްޒަފުންގެ ޙާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ތައްޔާކުރުމާއި މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަށް އަންނަ ބަދަލުތަކާއި އެނޫންވެސް ވަޒީފާއާއިގުޅުންހުރި އެންގުންތައް އެންގުމާބެހޭ އިދާރީ މަސައްކަތްތައްކުރުން.

6- ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހާޟިރީ ރިޕޯރޓް ތައްޔާރުކޮށް ވެރިޔާ ލައްވައި ސޮއިކޮށް ފައިލްކުރުން.

7- ސްކޫލަށް އަންނަ ހުރިހާ ލިޔެކިޔުންތައް އެންޓްރީކޮށް ޖަވާބް ފޮނުވަންޖެހޭ ފަރާތްތަކަށް ޖަވާބް ފޮނުވުމަށްފަހު ބަރާބަރަށް ފައިލްކުރުން.

8- ސްކޫލްބޯޑާއި، ޕީ.ޓީ.އޭގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، ދުވަހުގެ ޔައުމިއްޔާ ލިޔެ ރެކޯޑް ބެލެހެއްޓުން.

9- ސްޓޮކަށް ހޯދަންޖެހޭތަކެތި ހޯދުމާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށް އެލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން

10- މުވައްޒަފުންގެ ޗުއްޓީ ޗިޓު ހެދުމާއި، ޗިޓް ޙަވާލުކުރުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީއަށް އެދޭ ފޯމުތައް ބެލެހެއްޓުމާއި ސަލާމާއި ޗުއްޓީގެ ރެކޯޑު ބެހެއްޓުން

11- މުވައްޒަފުންގެ އެޕްރެއިޒުކުރުމުގެ މަސައްކަތާގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ފުރިހަމަކުރުމާއި އެޕްރެއިސަލް ރިޕޯޓާއި ޓާގެޓް ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވަމުންގެންދިއުން

12- ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.

13- ސްކޫލްގައި ރާވާހިންގާ ހަރަކާތްތަކާއި ގުޅިގެން ހަވާލުކުރާ އެންމެހާ މަސައްކަތްކުރުމާއި،ހާޒިރުވާން އަންގާ ހަފްލާތަކަށް ހާޒިރުވުން.

14- ސްކޫލުން ކުއްޔަށް އަދި އެނޫން ގޮތް ގޮތަށް ދޫކުރާ ތަކެއްޗާއި އިމާރާތުގެ ތަންތަން ޤަވާއިދާއި އެއްގޮތަށް ދޫކުރުމާއި ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން.

15- ސްކޫލުން ކުއްޔަށް އަދި އެނޫން ގޮތް ގޮތަށް ދޫކުރެވޭ ތަކެތި ލިބުނުތޯ ޔަޤީން ކުރުމާއިއެކު، އެ ތަކެތި ނުލިބޭނަމަ ނުވަތަ ގެއްލުމެއް ލިބިފައިވާނަމަ އެތަކެތީގެ ބަދަލު ނުވަތަ އަގު ހޯދުން.

މަޤާމުގެ ޝަރުތު: 

1- 'ސާނަވީ' ނުވަތަ އެ އާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް ' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި   'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.    

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ؛

  ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓް ތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7- ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

  ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  ށ. އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ. އަދި ވަޒިފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަކުނެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދުކޮށްްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކްފޯރމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ދާއިރާ

ތަފްޞީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv) މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12.00 ގެ ކުރިން ފިޔޯރީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން  ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑަ އަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

އިންޓަރވިއު ކުރުން

ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 ޖޫން 2019 އާއި 13 ޖޫން 2019 އާއި ދެމެދު ފިޔޯރީ ސްކޫލުގެ ލައިބްރަރީގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983086 އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

 

 

26 މެއި 2019

 

26 މޭ 2019