މަޤާމް:
|
ކޭސް އިންވެސްޓިގޭޓަރ
|
ކްލެސިފިކޭޝަން:
|
އެމް.އެސް 1
|
ބޭނުންވާ އަދަދު:
|
01
|
އަސާސީ މުސާރަ:
|
-/6700.00 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/4000.00 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45
|
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
|
- އިންވެސްޓިގޭޝަން އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް 150.00ރ
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ
- އިންވެސްޓިގޭޓަރ މަގާމުގައި ނުވަތަ މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މިފެންވަރުގެ މަގާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިން ސައްތަ މާކްސް ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތައް ބަލައި ތަޙްޤީގުކޮށް މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުން
- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މައްސަލަތަކުގައި މީހުން ހާޒިރުކޮށް، ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާން ނަގައި، ބަޔާން ތައްޔާރުކޮށް، އެބަޔާންތަކުގައި ސޮއިކުރުވުން.
- ތަޙުޤީގުކުރެވޭ މައްސަލަތައް ކުރިއަށް ދާ ގޮތާއި މައްސަލަތަކުގެ ރިކޯޑާއި މަޢުލޫމާތުތައް ބެލެހެއްޓުން.
- ތަޙްޤީޤުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ ލިޔުންތަކާއި އެހެނިހެން ހެކި ތަންފީޒީ އިދާރާތަކަށް ގޮސްގެންނާއި، ލިޔެކިއުން މެދުވެރިކޮށް ހޯދުން.
- ޙަވާލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދައުވާކުރުމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ޖިނާޢީ ދަޢްވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
- ޙަވާލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢްވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާ މައްސަލަތަކާއި އިތުރު މަޢްލޫމާތު ހޯދުމަށް އެދޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން.
- ކޮމިޝަނުން ދައުވާ ކުރާ މައްސަލަތަކުގައާއި، ކޮމިޝަނަށް ދައުވާ ރައްދުވާ މައްސަލަތަކުގައި، ކޮމިޝަން ތަމްސީލްކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީ.މެއިލް އެޑްރެސް ހިމެނޭ ގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)
|
ސުންގަޑި:
|
- މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.
|