މަސައްކަތް
ނަންބަރު: GS-89/IUL/2019/15
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2019
ޕަބްލިޝްކުރި ގަޑި: 22:40
ސުންގަޑި: 29 މޭ 2019 12:30
ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ އިޢުލާން ނަމްބަރ GS-89/IUL/2019/12 (9 މެއި 2019) އާއި ގުޅިގެން ޝަރުތު ހަމަވާ ފަރާތަކުން ބީލަން ފޯމް ހުށައަޅާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް މި ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 26 އިން 2019 މެއި 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 02 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.

 ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 09 ވާ  އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.

 މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަންފަރު ސްކޫލް / ހދ.ނޮޅިވަރަންފަރު

ފޯން: 6520535

އީ-މެއިލް: [email protected]

20 ރަމަޟާން 1440

25   މެއި  2019

25 މޭ 2019