ޢާންމު މަޢުލޫމާތު
ނަންބަރު: GS25/IUL/2019/20
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2019
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 02 ޖޫން 2019 11:00
މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
މ.އަތޮޅު މަދަރުސާގެ ފުރަތަމަ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

               މިމަދަރުސާގެ ނަމްބަރ: 19/2019/IUL/GS25 (11 މެއި 2019 )އިޢުލާނަށް އެއްވެސް ފަރާތަކުން އެމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައި ނުވާތީ ދެވަނަފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 26 އިން 2019 މެއި 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 28 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 29 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

5. ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 02 ވާ  އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

6. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން:  7952902

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

24 މޭ 2019