މަސައްކަތް
ނަންބަރު: N-11-C/2019/1
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 30 މޭ 2019 11:30
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލު ކުރުމާއި ބައެއް މަރާމާތު ކުރުން

 

 

 

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް          

    ވޭމަންޑޫ،

   ދިވެހިރާއްޖެ،                                    ނަންބަރު:N-11-C/2019/1

އިއުލާން

 

ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމާއި، ކޯޓުގައި ކުރަންހުރި ބައެއް އެހެން މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިދެންނެވި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 30 މެއި 2019 ދުވަހުގެ 11:30 އަށް، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، މަސައްކަތާބެހޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖޫން 2019 ދުވަހުގެ 11:30 އަށް ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބަދަލުގައި މިހަކު ފޮނުވާނަމަ އެފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި  ކުންފުންޏެއްގެ ނަމުގައި ވަޑައިގަންނަވާނަމަ ކުންފުނީގެ ލެޓަހެޑުގައި، ކުންފުނީގެ ފަރާތުން ފޮނުވިކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ފަރުދީ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ، އައިޑީކާޑު ގެންނަންވާނެއެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މިކަމާގުޅިގެން އިތުރަށް މައުލޫމާތު ބޭނުންފުޅުވެއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުއްވުމުން، އެކަމެއް ސާފުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

18 ރަމަޟާން  1440

23 މެއި   2019

 

 

 

 

 

 

23 މޭ 2019