ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471/471/2019/26
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 10 ޖުލައި 2019 14:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ޤަވާޢިދާއި ގުޅޭ

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ޢިމާރާތް ކުރުމުގެ ޤާނޫނު (4/2017) 23 އޭޕްރީލް 2017ގައި ވަނީ ވުޖޫދަށް ގެނެވި އެޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މިޤާނޫނުގެ ދަށުން އެކުލަވާލެވި މިހާރު ގެޒެޓް ކުރެވިފައިވާ ޤަވާޢިދުތަކުގެ ތެރެއިން ތިރީގައިވާ ޤަވާޢިދަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރަމެވެ.

1-      ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ޤަވާޢިދު. (1015-I (2019/R މާރިޗު 30 2019

ޢިމާރާތް ކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ އަސާސީ ތަކެތީގެ ތެރެއިން ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދުގައި ބަޔާން ކުރާ ބާވަތްތައް، ޢިމާރާތްކުރުމުގެ އެކިއެކި މަސައްކަތްތަކާއި މަޝްރޫޢުތަކުގައި ބޭނުންކުރުމުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް 28 ޖޫން 2019 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ޤަވާޢިދުން ފުރިހަމަކުރަމުން ގެންދަޖެހޭނެ ކަމުގައި ދަންނަވަމެވެ. އަދި ޢިމާރާތްކުރުމުގެ އެކިއެކި މަސައްކަތްތަކާއި މަޝްރޫޢުތަކުގައި ދިމާވަ މައްސަލަތައް ބެލުމުގައި އެމަސައްކަތަށް ކަންޑައަޅާފައި ހުރި ކަންތައްތައް ފުރިހަމަކޮއްފައިވޭތޯ މިމިނިސްޓްރީގެ ފަރާތުން ބަލަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ފޯނުނަންބަރު 3004307 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

23 މޭ 2019