ކުއްޔަށް ހިފުން
ނަންބަރު: H4C-A/2019/9
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 03 ޖޫން 2019 12:00
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކ.ހުރާ މެޖިސްޓްރޭޓް ކޯޓްހިންގުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

`

މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް       

              ތުލުސްދޫ،

             ދިވެހިރާއްޖެ

                                                   ނަމްބަރު: H4C-A/2019/9

އިޢުލާން

އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު

 

ކ.ހުރާ މެޖިސްޓްރޭޓް ކޯޓްހިންގުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

 

ކ.ހުރާ މެޖިސްޓްރޭޓް ކޯޓްހިންގުމަށްޓަކައި 02 ކޮޓަރިއާއި ސިޓިންގ ރޫމް ނުވަތަ 03 ކޮޓަރިއާއި ސިޓިންގް ރޫމް ހިމެނޭ ކޯޓުހިންގުމަށް އެކަށީގެންވާ ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 މެއި 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ.

އަދި ތިރީގައިވާ ގޮތުގެ މަތިން ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް އެސްޓިމޭޓް ހުށަހެޅުއްވުމަށް އެދެމެވެ. އެސްޓިމޭޓް ހުށަހަޅުއްވާނީ ކޯޓުން ދޫކުރާ މަޢުލޫމާތު ޝީޓްގެ މައްޗަށް ބިނާކޮށް އަގު ހުށައެޅުއްވުމަށް ދޫކުރާ ފޯމްގައެވެ.

އެސްޓިމޭޓް ހުށަހަޅާ ތާރީޙް: 03 ޖޫން 2019 ( ހޯމަ)

އެސްޓިމޭޓް ހުށަހަޅާ ގަޑި: 12:00

އެސްޓިމޭޓް ހުށަހަޅަންޖެހޭތަން: ކ.ހުރާ މެޖިސްޓްރޭޓް ކޯޓް

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރ  6640435 /6640343 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

18 ޜަމަޟާން 1440

23   މެއި   2019

23 މޭ 2019