ދިވެހިރާއްޖެ
އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު، 21 ރަމަޟާން 1440 (26 މެއި 2019) ވާ އާދިއްތަ ދުވަހުން ފެށިގެން 29 ރަމަޟާން 1440 (3 ޖޫން 2019) ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ (ޢަރަބިއްޔާ ސްކޫލް) ހޯލުގައެވެ.ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:
- އާދައިގެ ހަނޑޫ - ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ - ރަތް ހަނޑޫ
- ގޮދަން ފުށް - އާޓާ ފުށް
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް (ހުކުރު ދުވަސް ފިޔަވައި):
ހެނދުނު: 9:30 އިން 12:00 އަށް
މެންދުރުފަހު: 13:00 އިން 14:30 އަށް
ރޭގަނޑު: 20:30 އިން 22:30 އަށް
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
17 ރަމަޟާން 1440ހ.
22 މޭ 2019މ.