މަސައްކަތް
ނަންބަރު: (IUL)KRH-APD/2019/08
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 03 ޖޫން 2019 11:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާރޑިއެކް ސެންޓަރއެއް ހެދުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ:(IUL)KRH-APD/2019/04 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނާއި އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތައް ބާތިލް ކޮށްފީމެވެ.

ވީމާ، އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  •         ރަޖިސްޓްރީ ކުރުން

26 މެއި 2019 ވާ އާދީއްތަ ދުވަހުގެ 9:30 ން 12:45 އަށް

  •        ޕްރިބިޑް މީޓިންގ

29 މެއި 2019 ވާ ބުދަ ދުވަހުގެ 12:00 ގައި

  •        އަންދާސީ ހިސާބު ހުށަހެޅުން

03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި

 

ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

22 މޭ 2019