ވަޒީފާގެ ފުރުޞަތު
ނަންބަރު: 01
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2018
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 27 މޭ 2019 12:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ސުޕަވައިޒަރ (ސިވިލް އެންޑް ޕަބްލިކް ވޯރކް ސާރވިސަސް)


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ނަންބަރ: HDC(161)-HR/IU/2019/50
ތާރީޚް: 21 މެއި 2019

އެސިސްޓެންޓް ސުޕަވައިޒަރ
ސިވިލް އެންޑް ޕަބްލިކް ވޯރކް ސާރވިސަސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 8 ނިންމާފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލައިސެންސެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:
ހުޅުމާލޭގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސުޕަވައިޒްކުރުން

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ހުޅުމާލޭގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުމާއި އެމުވައްޒަފުން ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ހުޅުމާލެ ސާފުކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަންގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން މަސައްކަތްތައް ސެޑިއުލްކޮށް މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުން.
- ހުޅުމާލޭގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ބޭނުންވާނެ ސާމާނާއި ޓޫލްސްފަދަ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި އަދި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމާއި އަދި މިފަދަ މައްސަލަތައް ސެކްޝަނުގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސުޕަވައިޒަރީ ސްކްލިސް
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 4400.00ރ އާއި 4900.00ރ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން 9800.00ރ އާއި 10800.00ރ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.)
....................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 27 މެއި 2019 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މާލެ އޮފީސް:
1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް
މާލެ، ދިވެހިރާއްޖެ
ފޯނު: 3336755
ފެކްސް : 3335892

ނުވަތަ

މައި އޮފީސް:
ގްރައުންޑް ފްލޯރ، ރިޝެޕްޝަން އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް : 3335892

21 މޭ 2018