ދިވެހިރާއްޖެ
މި އޮތޯރިޓީގެ އިޢުލާން ނަމްބަރ (IUL)201-B/1/2019/17 (08 މެއި 2019) ގައި މި އޮތޯރިޓީގައި އައިޓީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ބޭނުންވާ ލަފާދެއްވާނެ ކޮންސަލްޓަންޓެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތަށް މަދުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އޮތޯރިޓީގައި އައިޓީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ބޭނުންވާ ލަފާދެއްވާނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މެއި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮތޯރިޓީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މެއި މަހުގެ 28 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިއޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.