މަސައްކަތް
ނަންބަރު: (IUL)30/30/2019/101
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 28 މޭ 2019 00:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

މިމިނިސްޓްރީގެ ބޭނުމަށް ގާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ތިރީގައިވާ ތަކެތި ފެޑް ސެންޓަރަށް (ހުޅުމާލެ) އަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު  (IUL)30-C/30/2019/95 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެކަށީގެންވާ އަދަދައް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މިއިއުލާން ބާތިލްކުރެވި އަދި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

  1. 1. ޕޮލިއެތެލީންޓްވިސްޓް ނެޓް

- ސައިޒް: 5މ ފުޅާ * 30މ ދިގު

- ޓްވައިން ސައިޒް : 5 އެމް.އެމް

- މެޝްސައިޒް: 90mm-100mm

- ކުލަ: ކަލު

- ބޭނުންވާ ޢަދަދު :- 20  

-           

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 މެއި 28 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

ތަކެތި ގެންދަންޖެހޭތަން: ހުޅުމާލޭގައިހުންނަމިމިނިސްޓްރީގެފެޑްސެންޓަރ

 

އަގު ހުށަހަޅަންޖެހޭ ގޮތް: ޔުނިޓަކަށް ޖެހޭއަގު އިނގޭގޮތަށް

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 70 )
  • މުއްދަތަށް  20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 20 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

21 މޭ 2019