ކުއްޔަށް ދިނުން
ނަންބަރު: (IUL)420-PED/420/2019/15
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 29 މޭ 2019 10:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ސޯސަންމަގާއި އިތުބާރު މަގާއި ދެމެދު ބަޒާރު ގޯޅިއާއި މެރިންރޯޑާއި ދެމެދުގައިވާ 8 ވިޔަފާރިބިން ބިން ކުއްޔަށްދޫކުރުން

ރަތަފަންދޫ ވިޔަފާރި ސަރަހައްދުގެ ބާޒާރު ގޯޅިއާއި މެރިންރޯޑާއި ދެމެދު އޮތް 8 ބިން 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.

                  ވީމާ، މިބިންތައް ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 29 މެއި 2019  ވާ ބުދަ ދުވަހުގެ   ހެދުނު  10:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. މިބިންތައްކުއްޔަށް ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ : (IUL)420/420/2019/13   ގެ އިޢުލާން ގެޒެޓްގައި ޝާއިޢު ކުރެވިފައި ނުވާތީ އެއިޢުލާން ވަނީ ބާތިލް ކުރެވިފައެވެ.

 

#

ބިމުގެ ނަމްބަރ

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި(މަހަކު)

1

ވިޔަފާރި ސަރަހައްދު ގެ 1 ނަމްބަރ ބިން

2000 އަކަފޫޓް

2500.00 ރުފިޔާ

2

ވިޔަފާރި ސަރަހައްދު ގެ 2 ނަމްބަރ ބިން

2000 އަކަފޫޓް

2500.00 ރުފިޔާ

3

ވިޔަފާރި ސަރަހައްދު ގެ 3 ނަމްބަރ ބިން

2000 އަކަފޫޓް

2500.00 ރުފިޔާ

4

ވިޔަފާރި ސަރަހައްދު ގެ 4 ނަމްބަރ ބިން

1000 އަކަފޫޓް

1500.00 ރުފިޔާ

5

ވިޔަފާރި ސަރަހައްދު ގެ 5 ނަމްބަރ ބިން

1000 އަކަފޫޓް

1500.00 ރުފިޔާ

6

ވިޔަފާރި ސަރަހައްދު ގެ 6 ނަމްބަރ ބިން

2000 އަކަފޫޓް

2500.00 ރުފިޔާ

7

ވިޔަފާރި ސަރަހައްދު ގެ 7 ނަމްބަރ ބިން

2000 އަކަފޫޓް

2500.00 ރުފިޔާ

8

ވިޔަފާރި ސަރަހައްދު ގެ 8 ނަމްބަރ ބިން

2000 އަކަފޫޓް

2500.00 ރުފިޔާ

  • ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފްސީލް

1 ނަމްބަރު ބިން: 25×25 ، އުސް 10 ފޫޓުގެ އިމާރާތެއް ކުރުމަށް ރާނާފައިހުރި

2 ނަމްބަރު ބިން: 40×50 ، އުސް 11 ފޫޓުގެ އިމާރާތެއް ކުރުމަށް ރާނާފައި މަތީގައި 6 އިންޗް ފުޅާ ބެރިއެއް އަޅާފައި.

3-8 ނަމްބަރު ބިން: އިމާރާތެއް ކޮށްފައެއްނުވޭ

އިސްވެ ދެންނެވުނު ބިންތަކަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށް ގަސްތުކޮށްފައިވާގޮތާއި ކުއްޔަށް  ހިފުމަށް ހުށަހަޅުއްވާ ކުލި  ހުށަހަޅުއްވަން ވާނެއެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް

1- އިންޖީނުފަދަތަކެތި މަރާމާތު ކުރުމުގެ މަސައްކަތް

2- އަޑުގަދަ މެޝިނަރީ ތަކުގެ ބޭނުންކުރުން

3- ވޯކްޝޮޕް ފަދަތަންތަން ހިންގުމާއި ތެލުގެ ވިޔަފާރިކުރުން

  • ބިންތަރައްގީކުރުން

ރަތަފަންދޫ ވިޔަފާރި ސަރަހައްދު  ބާޒާރުގޯޅިއާއި މެރިންރޯޑާއި ދެމެދު އޮތް 8 ބިމުގެތެރެއިން ބިމެއް ކުއްޔަށް ހިފާ ފަރާތަކުން ބިންކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭ ބިމުގެ ވަށާއިންފާރު ރޭނުމަށްޓަކާ އަޅަންޖެހޭ ފައުންޑޭޝަންއަޅާ ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެތެރޭ ½3 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނާ ނިންމަންޖެހޭނެއެވެ.

  • ތަނުގެ ޚިދުމަތްދޭން ފެށުން

ލަސްވެގެން 1 އަހަރުދުވަހުގެތެރޭގައި ތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ވާނެއެވެ.

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

  ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ 6 މަސް ދުވަހުގެ ކުލި ކައުންސިލަށް ދައްކަންޖެހޭނެއެވެ.

  • ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ

2- ކޮމްޕެނީ ޕްރޮފައިލް

  • މިއިދާރާއިން  ބަލާނެ ކަންތައްތައް

1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

  • މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

ހުށަހަޅަ މަހުކުއްޔަށް

60%

ހުށަހަޅާ މަހުކުއްޔަށް ދެވޭ  މާރކްސް  

v މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ  ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު  އަގަށެވެ.

 

ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން   

20%

ބިމުގެ ވަށާ އިންފާރު 2 ފޫޓް އުސްމިނަށް  ރޭނުން   

v މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.

v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަނުގެ ޚިދުމަތް ދޭންފަށާ މުއްދަތު

20%

ތަނުގެ ޚިދުމަތް ދޭންފަށާ މުއްދަތު   

v މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ތަނުގެ ޚިދުމަތްދޭން ފެށުމަށް ހުށަހަޅައިފައިވާ އެންމެކުޑަ މުއްދަތަކީ  ބެންޗް މާރކު ކަމަށްބަލައިގެން  ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.

v މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަށެވެ . 

21 މޭ 2019