ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)123-C2/123/2019/1
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 13 ޖޫން 2019 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ލ.ބަރެސްދޫ ޕްރޮޖެކްޓާއި ގުޅޭ

ނަންބަރު: (IUL)123-C2/123/2019/1

އިޢުލާން

ލ.ބަރެސްދޫ ޕްރޮޖެކްޓްއާ ގުޅޭ

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުން އެކިފަރާތްތަކަށް ދޫކުރި ވިޔަފާރީ ޔުނިޓުތައް ބައްލަވައިގެން ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާއިން އެކުންފުނީގެ އިސްފަރާތްތަކުން އުޞޫލާ ޚިލާފަށް ޚަރަދުކޮށްފައިވާ ކަމަށް ބުނެ މި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް މި ގެންދަނީ ތަޙްޤީޤުކުރަމުންނެވެ. މި މައްސަލަ މި ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްއަށާއި އަދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން މި ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ އަދި އެކަމާގުޅޭ ތިރީގައިވާ މަޢުލޫމާތު ބޭނުންވެއެވެ.

  1. ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއްނަމަ ކުންފުނީގެ މާޢުލޫމާތު
  2. ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދު
  3. ޑިޕޮސިޓް ފައިސާ ދެއްކި ތާރީޙް
  4. ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް)
  5. ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔެކިޔުމެއް

ވީމާ، މި ޕްރޮޖެކްޓާ ގުޅިގެން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްއަށް ނުވަތަ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެއްވެސް ފަރާތަކުން ޑިޕޮސިޓް ފައިސާ ދައްކާފައިވާނަމަ މަތީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް 13 ޖޫން 2019ގެ 14:00ގެ ކުރިން މި ކޮމިޝަނަށް ލިޔުމުން އަންގައިދެއްވުން އެދި ދަންނަވަމެވެ.

16 ރަމަޟާން  1440

21 މޭ 2019

21 މޭ 2019