މަސައްކަތް
ނަންބަރު: (IUL)474/1/2019/32
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 30 މޭ 2019 11:30
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ރިނޮވޭޝަން މަސައްކަތްތަކާއި ބައެއް ފަރުނީޗަރ ޖަހަން ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ރިނޮވޭޝަން މަސައްކަތްތަކާއި ބައެއް ފަރުނީޗަރ ޖަހަން ބޭނުންވެއްޖެ

 މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ރިނޮވޭޝަން މަސައްކަތްތަކާއި ބައެއް ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ބޭނުން ވެގެން ކުރެވުނު އިޢުލާން ނަންބަރ:IUL)474/1/2019/28) އަކީ ފުރަތަމަ އިޢުލާން ކަމަށް ވެފައި ބިޑް ހުށަހަޅަން 3 ފަރާތުން އައިސްފައި ނުވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

  1. މި ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނަން އޮންނާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައެވެ.
  2. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގައެވެ. އަދި ބިޑް ޑޮކިއުމަންޓްގައި ލޮޓްތަކަށް ބިޑް ހުށަހަޅާ ގަޑިތަކުގެ ތާވަލު ފޯރުކޮށްދެވޭނެއެވެ.
  3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 މެއި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިމުން ފޮނުއްވުންއެދެމެވެ.
  4. ބީލަން ހުށެހެޅޭނީ މަޢުލޫމާތު ސާފުކުރި ފަރާތްތަކަށެވެ. މައުލޫމާތު ސެޝަނަށް ފަހު އަގަބަހުން އެއްވެސް ފަރާތަކަށް މައުލޫމާތު ފޯރުކޮށެއްނުދެވޭނެއެވެ.
  5. މި ބީލަމާއިގުޅޭ ބިޑް ޑޮކިއުމަންޓް މިއިޢުލާނާއެކު ހީރަސްކުރެވިފައިވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ވެބްސައިޓް އިން ވެސް ލިބިވަޑައިގަންނަވާނެއެވެ.  
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3302241

އީ-މެއިލް: [email protected]

21 މޭ 2019