މަސައްކަތް
ނަންބަރު: (IUL)GS-12/2019/07
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2019
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 26 މޭ 2019 12:45
ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެބަޔަކު ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލުމަށް ކުރި މިމަދަރުސާގެ ނަމްބަރު: (IUL)GS-12/2019/06 އާއިގުޅިގެން ނަންނޯޓްކުރަން ދެވުނުމުއްދަތުގައި އެއްވެސް ފަރާތަކުން ނަންނޯޓްކުރައްވާފައި ނުވާތީ ނަންނޯޓްކުރުމުގެ މުއްދަތު އިތުރުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2.  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 12 އިން 2019 މެއި 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މެއި 21 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 22 ވާ ބުދަ ދުވަހުގެ 12:45 ގައި މިސްކޫލްގައެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 2019 މެއި 26 ވާ އާދިއްތަ ދުވަހުގެ 12:45ގައި މިސްކޫލްގައެވެ.
  7. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ވ.އަތޮޅު މަދަރުސާ

      ވ.ފުލިދޫ

      ފޯން:  6700025 

      އީ-މެއިލް: [email protected]

21 މޭ 2019