ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AB-2019/180
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2019
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 28 މޭ 2019 13:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (އެމް.އެސް 3) - ލީގަލް އެފެއަރޒް އެންޑް ޕޮލިޓިކަލް ޕާޓީސް ރެގިއުލޭޝަން ސެކްޝަން/ ޕްލިޓިކަލް ޕާޓީސް ރެގިއުލޭޝަން ޔުނިޓް

 
ނަންބަރު: A)AB-2019/180)

އިޢުލާނު

ުވަޒީފާގެ ފުރުޞަތ

މަޤާމް:

އެސިސްޓަންޓް ޑިރެކްޓަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން އަދި ޔުނިޓް:

ލީގަލް އެފެއަރޒް އެންޑް ޕޮލިޓިކަލް ޕާޓީސް ރެގިއުލޭޝަން ސެކްޝަން/ ޕްލިޓިކަލް ޕާޓީސް ރެގިއުލޭޝަން ޔުނިޓް

އަސާސީ މުސާރަ:

މަހަކު 7035.00 (ހަތްހާސް ތިރީސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ (ލީގަލް/ ޕޮލިޓިކަލް ސައިންސް/ މެނޭޖްމަންޓް/ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ) ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ (ލީގަލް/ ޕޮލިޓިކަލް ސައިންސް/ މެނޭޖްމަންޓް/ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ) ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3.  މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ (ލީގަލް/ ޕޮލިޓިކަލް ސައިންސް/ މެނޭޖްމަންޓް/ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ) ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލުކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • ޔުނިޓަށް އަންނަ މަސައްކަތްތަކާއި، ސިޓީތައް ބަލައިގަނެ، މުވައްޒަފުންނާއި މަސައްކަތް ޙަވާލުކޮށް ޢަމަލުކުރާނެ ގޮތުގެ އިރުޝާދު ދިނުން.
  • ޔުނިޓުގެ މުވައްޒަފުންނަށް، ޙަވާލުކޮށްފައިވާ މަސައްކަތްތައް ކޮށްފައިވާ މިންވަރު ބަލާ، ސުޕަވައިޒް ކުރުން.
  • ޔުނިޓުން ނިންމަން ޖެހޭ މުހިންމު ކަންކަމުގައި ސެކްޝަންގެ ވެރިޔާއާއި އަދި ސެކްރެޓަރީ ޖެނެރަލްގެ ލަފާ ހޯދާ، މަސައްކަތްތައް ނިންމައި، އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ސިޔާސީ ޕާޓީތަކާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީތަކަށް ސެކްޝަން ވެރިޔާ އަންގާ ގޮތެއްގެ މަތިން ޖަވާބު ތައްޔާރުކުރުން
  • ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު ފައިލިންގ ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓުން
  • ޔުނިޓުގެ ފައިލިންގ ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެންބަރޝިޕް ފޯމްތައް ޕްރޮސެސްކުރުން
  • ސިޔާސީ ޕާޓީ ތަމްސީލު ކުރާ ފަރާތްތަކާއި ބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއަށް އަންނަ ބަދަލު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް އަންނަ ބަދަލު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކަށް އަންނަ ބަދަލު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކުގެ ޚަޒާންދާރުންނާއިބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކުގެ ގޮފިތަކާއި ބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ސިޔާސީ ޕާޓީތަކަށް ވަނުން މަނާ ފަރާތްތަކުގެ ލިސްޓް އަޕްޑޭޓްކުރުން
  • ސިޔާސީ ޕާޓީތަކުގެ މުހިންމު ތަފްޞީލުތަކަށް އަންނަ ބަދަލުތައް ސިޔާސީ ޕާޓީ ތަކުގެ ދަފްތަރު ފައިލްއިން އަޕްޑޭޓްކުރުން
  • ސިޔާސީ ޕާޓީ ރަޖިސްޓަރީ ކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންކަންކުރުން
  • ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށައަޅާމީހުންގެ ޞައްޙަކަން ދެނެގަނެ އެފަރާތަކަށް ޖަވާބު ދިނުން
  • ސިޔާސީ ޕާޓިއެއް ރަޖިސްޓަރީ ކުރުމަށް ހުށައަޅާ 3000 މީހުންގެ ލިސްޓުގެ ޞައްޙަކަން ދެނެގަނެ އެޕާޓީއަށް ޖަވާބުދިނުމަށް ތައްޔާރުކުރުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތައް ގެންނަން ޖެހޭ އިޞްލާޙު ފާހަގަކޮށް މުވައްޒަފުންނާއި ޙިއްސާކުރުން
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލައި އެޕްރައިސަލް ތައްޔާރުކުރުން
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.
  • މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން ޙާލަތާއި ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ސެކްޝަންގެ ވެރިޔާ ހަވާލުކުރާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މެއި 2019 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

އެސިސްޓަންޓް ޑިރެކްޓަރ – އެމް.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

15 ރަމަޟާން 1440

20 މޭ 2019