ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/1/2014/1
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ހދ. ހަނިމާދޫއިން ކަނޑައަޅާފައިވާ ބިމާއި އަދި އެބިމުގެ ބަދަލުގައި ކުއްޔަށްދީފައިވާ ކ. އަތޮޅު މާދިއްގަރުފަޅު ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓަށް ބަދަލު ގެނައުން

ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް މި މިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ހދ. ހަނިމާދޫއިން ކަނޑައަޅާފައިވާ ބިމާއި އަދި އެ ބިމުގެ ބަދަލުގައި ކުއްޔަށްދީފައިވާ ކ. އަތޮޅު މާދިއްގަރުފަޅު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ މި ދެންނެވި ބިމާއި އަދި ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އަންގަވައިދެއްވުމަށް އެދި އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

11 ރަބީޢުލްއާޚިރު 1435    

11 ފެބުރުވަރީ 2014