މަސައްކަތް
ނަންބަރު: (IUL)30-G/30/2019/99
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:46
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް (މެޑެޕް) ޕްރޮޖެކްޓްގެ 2018 އަދި 2019 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުން

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް (މެޑެޕް) ޕްރޮޖެކްޓްގެ 2018 އަދި 2019 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް 08 މެއި 2019ގައި ކުރެވުނު އިޢުލާން ((IUL)30-G/30/2019/92) އާއި ގުޅިގެން އެކަށީގެންވާ އަދަދަށް މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލާފައިނުވާތީ މިޢިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިފައިވާA  ކެޓަގަރީގެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި ތަޢުލީމީ ސެޓްފިކެޓްތަކާއި ވަނަވަރު
  2. މަސައްކަތައް ކުރިމަތިލާ ފަރާތުގެ ތަޖުރިބާ އިގޭނޭ ލިޔުން
  3. މަސައްކަތުގެ އަގު

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 26 މެއި 2019 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްކަރުދާސްކުރަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.

20 މޭ 2019