މަސައްކަތް
ނަންބަރު: (IUL)241-B/241/2019/10
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 03 ޖޫން 2019 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލް ގެ ދިދަ އާއި ލޯގޯ ހެދުން

                                                ނަންބަރ: (IUL)241-B/241/2019/10

 

 

             އިއުލާން

 

 

އަތޮޅުކައުންސިލްގެ ދިދަ އާއި ލޯގޯ ހެދުން

                    

                     މިކައުންސިލްގެ ދިދަ އާއި ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މި ކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 29 މެއި 2019 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރުމަށްފަހު  3 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

                     ކައުންސިލްގެ ދިދަ އާއި ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން  ރަށުން ބޭރުގައި ތިއްބެވި ފަރާތްތަކުން މައުލޫމާތު ސާފް ކުރަން ކަނޑައެޅިފައިވާ ތާރީޚްގައި މިއިދާރާއަށް ގުޅައިގެން މައުލޫމާތު ސާފް ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެއެވެ. ނަމަވެސް  ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް  ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

              ހުށަހަޅުއްވާ އަގަށް                 50%

              ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް  15%

              ޑިޒައިނަށް                      35%

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

15 ރަމަޟާން     1440

20 މެއި         2019 

 

20 މޭ 2019