ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2019/9
އިއުލާން
އަތޮޅުކައުންސިލްގެ ވެބްސައިޓް ހެދުމާއި ބެހޭ
މިއިދާރާގައި މިހާރު ބޭނުންކުރާ ވެބްސައިޓުގެ ބަދަލުގައި އައު ވެބްސައިޓެއް ހަދަން ބޭނުންވާތީ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ވެބްސައިޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މި ކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 28 މެއި 2019 ވާ އަންގާރަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރުމަށްފަހު 2 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ވެބްސައިޓް ހެދުމަށް މައުލޫމާތު ދިނުމުގައި ރަށުން ބޭރުގައި ތިއްބެވި ފަރާތްތަކުން މައުލޫމާތު ސާފް ކުރަން ކަނޑައެޅިފައިވާ ތާރީޚްގައި މިއިދާރާއަށް ގުޅައިގެން މައުލޫމާތު ސާފް ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ހުށަހަޅުއްވާ އަގަށް 50%
ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް 15%
ވެބްސައިޓް ފަރުމާކުރުމަށް 35%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
15 ރަމަޟާން 1440
20 މެއި 2019