ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ކުރެންދޫ ލޮއި ޒިޔާރަތް މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ލައްވާ ފަރާތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގެ ޖަލްސާކުރާ ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާ ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއަކާއި އެކު ވެރިފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ތަފްޞީލް |
ތާރީޙް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
30 މެއި 2019 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބ ހުށަހެޅުން |
16 ޖޫން 2019 |
އާދިއްތަ |
11:00 |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.