ދިވެހިރާއްޖެ
ނަންބަރު: (IUL)225-AHRI/225/2019/11
އިޢުލާނު
އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމުޢިއްޔާއެއް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިހިނގާ އަހަރު ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ނޮވެންބަރު 23 ވަނަ ދުވަހުގެ ރެއެވެ.
މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ.އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ.އަތޮޅުގެ ހުރިހާ ސްކޫލް/ މަދަރުސާތަކަށާއި، ރަށުކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި އިނާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 19 މޭ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިނާމާބެހޭ އިތުރު ތަފުޞީލްތައް މިކަމާބެހޭ ސިޔާސަތުން ސާފުވެވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ.
"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2019" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ޝަރަފުވެރިކަމުގެ އިނާމު
- ހިތްވަރުދިނުމުގެ އިނާމު
- ކައުންސިލުންދޭ ޚާއްޞަ އިނާމު
- މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު
- ޚާއްޞަ ޚިދުމަތުގެ އިނާމު
- ހިންގުންތެރިކަމުގެ އިނާމު
14 ރަމަޟާން 1440
19 މޭ 2019