ދެންނެވުން
ނަންބަރު: (IUL)426-CA/426/2019/159
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2019
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 26 މޭ 2019 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440ވަނަ އަހަރުގެ ރަމަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާއިބެހޭ

އިޢުލާން

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، 1440 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވި ކަދުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނަށް ބެހުމަށް ދޫކުރާ ކަދުރު އައްޑޫސިޓީއަށް ގެނައުމުގެ މަސައްކަތް މިގެންދަނީ ކުރަމުންނެވެ.

މާލެ ސިޓީއާއި، އައްޑޫސިޓީއާއި، ފުވައްމުލަކުސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބެއްސެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހަމަޖައްސަވާފައިވަނީ، މީހުން ދިރިއުޅޭ ގޭބިސީ ބެލުމަށްފަހު، 2018 (1439) ވަނައަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރުދޭ އުސޫލުންނެވެ. މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރުބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ  އިސްކަންދޭ އުސޫލުންނެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ. އައްޑޫސިޓީގެ ގޭބިސީގެ ޢަދަދަކީ 5346 އެވެ. އައްޑޫސިޓީ ރައްޔިތުންނަށް ބެހުމަށް އައްޑޫސިޓީއަށް ލިބިފައިވަނީ 2675 ޕަކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ އެގޭބިސީއެއްގެ ސައްޙަކަން އަންގައިދޭ ލިއުމެއް ގެންނެވުމުން، އެލިއުމުގެ ސައްޙަކަން ބެލުމަށްފަހުއެވެ. 

 

ހ. ގޭބިސީގެސައްޙަކަން  ކަނޑައަޅާ ލިއުމަކީ  ކުއްޔަށް ހިފައިގެން  ދިރިއުޅޭ ތަނެއްނަމަ  ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ  ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ އެގެއެއް ހިމެނޭ ގޯތީގެރަޖިސްޓްރީގެ އަސްލު.

 

ށ. ކަދުރާއި ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.

އައްޑޫސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ކަދުރު ބެހުން ކުރިއަށް ގެންދަވާނީ އައްޑޫސިޓީގެ އަވަށު އޮފީސްތަކުންނެވެ. ކަދުރު ބަހަންފަށާނީ 27 މެއި 2019 ވަނަ ދުވަހުން ފެށިގެންނެވެ. ކަދުރު ބެހުމުގެ އިންތިޒާމް އަވަށު އޮފީސްތަކުގައި ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9.15 އިން 13.00އަށެވެ. ކަދުރުބެހުން ކުރިޔަށް ދާނީ ލިބިފައިވާ ކަދުރުބަހާ ހުސްވަންދެން ކަމުގައިވެސް ދެންނެވީމެވެ.

14 ރަމަޟާން 1440

19 މޭ 2019