މަސައްކަތް
ނަންބަރު: (IUL)395-02/395/2019/27
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 30 މޭ 2019 11:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، ކުރި މި ކައުންސިލްގެ ނަމްބަރ: (IUL)395-02/395/2019/22   (30 އޭޕްރީލް 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

 

  ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

         ލެކްރެޑް ޕްރޮޖެކްޓްގެ އެހީލިބިގެން ލ. އިސްދޫ ގައި ޤާއިމް ކޮށްފައިވާ، ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތް ތަކުގެ ތެރެއިން، މިހާތަނަށް ނުނިމިހުރި މަސައްކަތްތަށް އަމިއްލަ  ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު:2014/18 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން އެދެމެވެ.

 

1 . ބީލަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  22 މޭ 2019 ވާ ބުދަ  ދުވަހު  9:30 އިން 12:30އަށް ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ.

2 . މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 27 މޭ 2019 ވާ ހޯމަ ދުވަހު 11:00ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

4 . ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  30 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

           އަދި ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ޕްރީބިޑް މީޓިންގއަށް ވަޑައިގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.        

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މޭ 2019