މަސައްކަތް
ނަންބަރު: (IUL)222-F/INDIV/2019/18
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 29 މޭ 2019 10:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

       ޤައުމީ ދާރުލްއާސާރުގައި ހުރި ޝޯކޭސްތަކެއްގައި ބިއްލޫރި ކަވަރު ހަދައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު 16 (IUL)222-F/INDIV/2019/(29 އެޕްރީލް 2019) އިޢުލާނަށް ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

       ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ބުދަ

22 މޭ 2019

10:00

އަންދާސީހިސާބު ހުށަހެޅުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ބުދަ

29 މޭ 2019

10:00

        މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

19 މޭ 2019